Last Updated: March 29, 06:30
Friday, March 29, 2024
ޚަބަރު

ހޫނުގަދަ ދުވަސްވަރެއް، ކަރަންޓް އިގުތިސާދުކުރޭ

މި މަހުގެ އިތުރަށް އަންނަ މަހަކީ ވެސް ހޫނު ފަދަ މަހަކަށް ވާނެތީ ކަރަންޓް ބޭނުން ކުރާ މިންވަރު ވެސް އިތުރުވާނެތީ އެކަމަށް ސަމާލުވެ ކަރަންޓް އިގުތިސާދު ކުރަން ސްޓެލްކޯ އިން އެދިއްޖެ އެވެ.

އެ ކުންފުނިން ކަސްޓަމަރުންގެ ސަމާލު ކަމަށް ގެނައި ނޯޓިހެއްގައި ބުނީ ހޫނު ގަދަވުމުގެ ސަބަބުން މި ރޯދަ މަހު ވެސް ކަރަންޓް ބޭނުންކުރި މިންވަރު އިތުރުވެފައިވާ ކަމަށް ދައްކާ ކަމަށެވެ.

"މި ދުވަސްވަރު ޖައްވު ހޫނުވުމުގެ ސަބަބުން ރޭގަނޑުފެ ވަގުތުތަކުގައި ވެސް ކަރަންޓް އުފައްދަން ޖެހޭ މިންވަރު ވަނީ އިތުރުވެފައި،" ސްޓެލްކޯ އިން ބުންޏެވެ. "އެހެންވެ ކަރަންޓް ބޭނުން ކުރުމުގައި އިތުރަށް ސަމާލުވެ، ކަރަންޓް އިގުތިސާދު ކުރުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް އިލްތިމާސްކުރަން."

ސްޓެލްކޯ އަކީ މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށަށް ވެސް ކަރަންޓްހެ ހިދުމަތް ދެމުން އަންނަ ކުންފުންޏެވެ. ސްޓެލްކޯގެ އިތުރުން ދެން ރާއްޖޭގައި ކަރަންޓްގެ ހިދުމަތް ދެނީ ފެނަކައިންނެވެ. އަތޮޅުތެރޭގެ ގިނަ ރަށްރަށަށް ކަރަންޓް ދެނީ އެ ކުންފުނިންނެވެ.