Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

ކުޑަކުދިންނަށް އީދު ހެދުން ހަދިޔާކުރުމުގެ ފުރުސަތެއް

ސީރިޔާ އާއ ފަލަސްޠީންގެ ކުޑަކުދިނަށް ޢީދު ހެދުން ހަދިޔާކުރުމުގެ ފުރުސަތު އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން މޯލްޑިވްސް (އައިއޭސީ) ހުޅުވާލައިފި އެވެ.

އެ ޖަމިއްުޔާ އިން ބުނީ ޢީދު އުފަލުގައި އެ ދެ ގައުމުގެ ކުޑަކުދިން ބައިވެރި ކުރުމުގެ މަގުސަދުގައި ހުޅުވާލި މި ފުރުސަތުގައި ކުއްޖަކަށް ހޭދަވަނީ 500ރ. ކަމަށެވެ. އެހެންވެ ހެދުން ހަދިޔާ ކުރުމުގެ ފުރުސަތު މާދަމާ އިރުއޮއްސި 6:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. އައިއޭސީން ބުނީ ހެދުން ހަދިޔާ ކުރުމަށް 500ރ. ގެ އިތުރުން އެ މީހަކަށް ފޯރުކޮދެވޭ އަދަދެއްގެ ފައިސާ ވެސް ހަދިޔާކުރުމުގެ ފުރުސަތު އޮތް ކަމަށެވެ.

ހެދުން ހަދިޔާކުރުމަށް ޝައުގުވެރިވާ މީހުން ފައިސާ ޖަމާކުރާނީ 7770000062740 އެކައުންޓަށެވެ.

އައިއޭސީ އަކީ ދެނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުން ޖެހިފައިވާ މުސްލިމު އަހުންނާއި އުހުތުންނަށް ދިވެހި ރައްޔިތުންގެ ދީލަތި އެހީ ފޯރުކޮދިނުމުގައި މުހިންމު ދައުރެއް އަދާކުރަމުން އންނަ ޖަމާއަތެކެވެ. އެގޮތުން މި ރޯދަ މަހު ސީރިޔާ އާއު ފަލަސްޠީނު މިއަންމާ، ސްރީ ލަންކާ އަދި ޔަމަން އަށް އެ ޖަމާއަތް މެދުވެރިކޮށް ކާބޯތަކެތީގެ އެހީތެރިކަން ވެސް ފޯރުކޮށް ދީފައިވެ އެވެ.