Last Updated: July 15, 18:06
Thursday, July 16, 2026
ކުޅިވަރު

ނޭމާ އަށް އިތުރު ދަރިއަކު ލިބެނީ

ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ތަރި ނޭމާ އަށް އިތުރު ދަރިއަކު ލިބެން އުޅޭކަން އިއުލާންކޮށްފި އެވެ.

އޭނަ އާއި ބައިވެރިޔާ ބްރޫނާ ބިއަންކާޑީ އިންސްޓަގްރާމްގައި ވަނީ ބްރޫނާ ބަލިވެއިންކަން އިއްޔެ އިއުލާންކޮށްފަ އެވެ.

ނޭމާ، 31، އަށް ކުރިން ލިބިފައި ވަނީ ފިރިހެން ކުއްޖެކެވެ. އެއީ މިހާރު 12 އަހަރުގެ ޑާވީ ލޫކާ އެވެ. އެ ކުއްޖާގެ މަންމަ އަކީ ނޭމާގެ ކުރީގެ ބައިވެރިޔާ ކެރޮލީނާ ޑެންޓަސް އެވެ.

ބްރެޒިލްގެ މިހާރުގެ އެންމެ ނުފޫޒު ގަދަ ފުޓްބޯޅަ ތަރިންގެ ތެރޭގައި ހިމެނޭ ނޭމާ އާއި ބިއަންކާޑީ ޑޭޓްކުރަން ފެށީ 2021 ގަ އެވެ. އެކަމަކު މިދިޔަ އަހަރުގެ އޮގަސްޓްގައި އެ މީހުން ރުޅިވެ، ފަހުން އަނެއްކާ ވެސް އެއްގަލަކަށް އެރީ އެވެ.