Last Updated: July 26, 13:56
Sunday, July 26, 2026
މުނިފޫހިފިލުވުން

އިރުފާންގެ ފިލްމެއް 28 ގައި ސިނަމާތަކަށް

ދެހާސް ވިހީގައި މަރުވި އިންޑިއާގެ އެކްޓަރު އިރުފާން ޚާންގެ ފިލްމު "ދަ ސޯންގް އޮފް ސްކޯޕިއަންސް" މި މަހުގެ 28 ގައި ރިލީޒްކުރަން ނިންމައިފި އެވެ.

އެޕްރީލް، 29، 2020 ގައި އިރުފާން މަރުވި ފަހުން، މި ފިލްމު 2021 ގައި ރިލީޒްކުރުމުގެ ވާހަކަތަކެއް ވެސް ދެކެވުނެވެ. ދަ ސޯންގް އޮފް ސްކޯޕިއަންސް" "ދަ ސޯންގް އޮފް ސްކޯޕިއަންސް" އަކީ އިންޓަނޭޝަނަލް ޕްރޮޖެކްޓެކެވެ. އިންޑިއާ އާއި ބޭރުގެ މަސްހުނި ކާސްޓެއް އެކުލެވޭ މި ފިލްމަކީ ސްވިޒްލެންޑްގެ ރަށްވެހިކަން އޮންނަ އިންޑިއާ ދަރިކޮޅުގެ ޑައިރެކްޓަރު އަނޫޕް ސިންގް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމު 2017 ގައި ބޭއްވި 70 ވަނަ ލޮކާނޯ އިންޓަނެޝަނަލް ފިލްމު ފެސްޓިވަލްގައި ވެސް ޕްރިމިއާކޮށްފައިވެ އެވެ.

ސޯންގް އޮފް ސްކޯޕިއަންސް" ގެ ކާސްޓްގައި އިރާނަށް އުފަން ފްރާންސްގެ ބަތަލާ ގޮލްޝިފްތޭ ފަރަހާނީ އާއި ޓިލޮޓޯމާ ޝޯމާއި ވަހީދާ ރަހްމާނާއި ޝަޝަންކް އަރޯރާ އާއި ސާރާ އަރުޖުން އާއި ޝެފާލީ ބުޝަން ހިމެނެ އެވެ.

މީގެ ޑައިރެކްޓަރު އަނޫޕާ އެކު އިރުފާން އެހެން ފިލްމެއްގައި ވެސް މަސައްކަތްކޮށްފައިވެ އެވެ. އެއީ 2013 ގެ "ގިއްސާ" އެވެ. އެ ފިލްމަކީ އެ އަހަރު ބޭއްވި 38 ވަނަ ޓޮރޮންޓޯ އިންޓަނެޝަނަލް ފިލްމު ފެސްޓިވަލް (ޓިއައިއެފްއެފް) ގައި އިންޓަނެޝަނަލް އޭޝިއަން ފިލްމުގެ އެވޯޑް ލިބުނު އެއްޗެކެވެ.

އިރުފާން އެންމެ ފަހުން ފެނިފައިވާ ބޮލީވުޑްގެ ފިލްމަކީ 2020 ގެ "އަނގްރޭޒީ މީޑިއަމް" އެވެ.

އޭނަގެ ދޮށީ ދަރިފުޅު ބާބިލް ޚާން ވެސް މިހާރު އަންނަނީ ފިލްމު ކުޅެމުންނެވެ. އޭނަގެ ފުރަތަމަ ފިލްމަކީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން "ގަލާ" އެވެ.