Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

ގުރައިދޫ ދާއިރާ ބައި-އިލެކްޝަންގެ ރަސްމީ ނަތީޖާ އިއުލާންކޮށްފި

ފޮޓޯ: އެމްޑީޕީ

އޭޕްރިލް 15 ވަނަ ދުވަހު ބޭއްވި ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ރަސްމީ ނަތީޖާ އިއުލާނު ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އެ ބައި އިލެކްޝަންގެ ރަސްމީ ނަތީޖާ މިއަދު އިއުލާނު ކުރިއިރު، އެ އިންތިހާބު ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީގެ ކަނޑިޑޭޓް އިބްރާހިމް ޝާޒްއެވެ.

ރަސްމީ ނަތީޖާއަށް ބަލާއިރު ޕީޕީއެމްގެ ކެނޑިޑޭޓް ޙުސައިން ރިޟާ އާދަމްއަށް ވަނީ 1226 ވޯޓު ލިބިފައެވެ. އެއީ ވޯޓުލީ މީހުންގެ 45.51 އިންސައްތައެވެ. އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް ޝާޒްއަށް 1346 ވޯޓު ލިބުނުއިރު އެއީ ވޯޓުލީ މީހުންގެ 49.96 އިންސައްތައެވެ. އަދި އެމްއެންޕީގެ ކެނޑިޑޭޓް އަލި އާރިފްއަށް ލިބިފައިވަނީ 112 ވޯޓެވެ.

މި އިންތިހާބުގައި 3423 މީހުންނަށް ވޯޓު ދިނުމުގެ ހައްޤު ލިބިގެންވާއިރު ވޯޓު ލާފައިވަނީ 2755 މީހުންނެވެ. އޭގެތެރެއިން 61 ވޯޓު ބާތިލުވިއިރު ސައްހަ ވޯޓުގެ އަދަދަކީ 2694 އެވެ. މި އިންތިހާބުގައި ވޯޓުލާފައިވަނީ ވޯޓުލެވޭ އާބާދީގެ 80.48 އިންސައްތަ މީހުންނެވެ.