މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު ނާޒިމް އައްޔަންކޮށްފި އެވެ.
އެމްއެސްއެސްގެ އެމްޑީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަބްދުﷲ ސައީދު، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަނުކުރުމާ ގުޅިގެންނެވެ.
އެމްއެސްއެސްއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ އެ ކުންފުނީގެ އެމްޑީއަކަށް އެ ކުންފުނި އުފެދުނީއްސުރެ އެ ކުންފުންޏަށް ހިދުމަތްކުރައްވަމުން ގެންދެވި ނާޒިމް އައްޔަނުކޮށްފައިވާ ކަމަށެވެ.
ނާޒިމް ވަނީ އެމްއެސްއެސްގެ ޖެނެރަލް މެނޭޖަރުގެ މަގާމު ވެސް ފުރުއްވާފަ އެވެ. އަދި އެ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު ވެސް ވަނީ ފުރުއްވާފަ އެވެ.