Last Updated: July 27, 10:50
Saturday, July 27, 2024
ޚަބަރު

ކޮވިޑްގައި އަހަރު ނުވާ 6 ކުއްޖަކު އެޑްމިޓްކޮށްފި

ކޮވިޑް ޖެހިގެން އެއް އަހަރު ނުވާ ހަ ކުއްޖަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު، އަޙުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

ޑރ. ފައިސަލް ވިދާޅުވީ އޭގެ ތެރެއިން ބައެއް ކުދިންނަށް ކޮވިޑްގެ ހުމާއެކު ފިޓު ވެސް ޖެހިފައިވާ ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮވިޑް މިހާރު އެންމެ ބޮޑަށް އިތުރުވަމުން ދަނީ މާލެ ސަރަހައްދުގަ އެވެ. އެގޮތުން މި މަހުގެ މިހާތަނަށް މުޅި ރާއްޖެ އިން 84 މީހަކު ކޮވިޑަށް ޕޮޒިޓިވް އިރު، އޭގެ ތެރެއިން 73 މީހުންނަކީ މާލެ ސަރަހައްދުގެ މީހުންނެވެ.

މީގެ އިތުރުން ސިނާއީ މަސައްކަތްކުރާ ރަށްތަކުން 11 މީހަކު ވަނީ ޕޮޒިޓިވްވެފައިވާ އިރު، 17 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

މިދިޔަ މަހުގެ ފަހު ހަފުތާގައި ރާއްޖޭން ކޮވިޑަށް ޕޮޒިޓިވީ 39 މީހެކެވެ.

މި ބަލި މިހާތަނަަށް ރާއްޖޭގެ 185،894 މީހަކަށް ޖެހި، ބަލީގައި 311 މީހަކު މަރުވެފައިވެ އެވެ.