* ބޭނުންވާ ތަކެތި:
1 ޕެކެޓް ސްޕެގެޓީ
6 ލޮނުމެދު (ތުނިކޮށް ކޮށާފައި)
1/2 ޖޯޑު ޒައިތޫނި ތެޔޮ
1/2 ސައިސަމުސާ ރަތް ހިކިމިރުސް (މުގުރާފައި)
ލޮނު (ރަހަލާ ވަރަށް)
އަސޭމިރުސް (ރަހަލާ ވަރަށް)
1/2 ޖޯޑު ޕާސްލީ (ކުދިކޮށް ކޮށާފައި)
1 ޖޯޑު ޗީޒް
* ތައްޔާރު ކުރާނެ ގޮތް:
ތެއްޔަކަށް ފެނާއި ލޮނު އަޅާފައި އުނދުން މައްޗަށް އުދައި ބޮކި ޖަހަންދެން ކެކެން ފެށީމާ ފަހު ސްޕެގެޓީތައް އަޅާށެވެ. އަދި 10 މިނެޓް ފަހުން ފުރާނާލާށެވެ. ދެން ޒައިތޫނި ތެލާ އެކީ ލޮނުމެދު މީރުކޮށްލާށެވެ.
ދެން ވަކިން ތައްޓަކަށް ހިކިމިރުހާއި އަސޭމިރުސް ސްޕެގެޓީތެރެގެ އަށް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން ލޮނުމެދުކޮޅާއި ޕާރްސްލޭ އަދި ޗީޒް އަޅާ އެއްކޮށްލުމުން ސްޕެގެޓީ ތައްޔާރުކުރުވުނީ އެވެ.