އިންޑިއާގެ ބަތަލާ އައިޝްވާރިއާ ރާއީގެ ދަރިފުޅު އާރަދިއާ ބައްޗަންގެ ސިއްހަތާ ބެހޭ ގޮތުން ޔޫޓިއުބް ޗެނަލްތަކެއްގއި ހަގީގަތާ ހިލާފު ވާހަކަތަކެއް ފަތުރަމުންދާ ކަމަށް ބުނެ އެ ޗެނެލްތަކުގެ މައްސަލަ ނިއު ދިއްލީގެ ކޯޓަށް ހުށަހަޅައިފި އެވެ.
މީޑިއާތަކުން 11 އަހަރުގެ އާރަދިއާގެ ފަރާތުން ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް ކޯޓްގެ ބެންޗުން މިއަދު ބާއްވަން ތާވަލުކޮށްފައިވާ ކަމަށެވެ.
މަޝްހޫރު އެކްޓަރު އަމީތާބް ބައްޗަންގެ ކާފަދަރިފުޅު ކޯޓަށް ހުށަހެޅި މައްސަލާގައި ވަނީ ކުޑަކުއްޖެއްގެ ސިއްހަތާ ބެހޭ ގޮތުން ހަދަހަދައިގެން ދޮގު ވާހަކަތަކެއް ތަކުރާރުކޮށް ޔޫޓިއުބްގެ ޗެނަލްތަކެއްގައި ފަތުރައި ގެއްންތަކެއް ދެމުންދާ ކަމަށެވެ. އަދި މީގެ ސަބަބުން އާރަދިއާގެ އާއިލާ އަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރަމުންދާތީ އެ ޗެނެލްތައް ބްލޮކްކޮށް ދިނުމުގެ އަމުރަކަށް ކޯޓްގއި އެދިފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.
ނަމަވެސް މިކަމާ ބެހޭ ގޮތުން ރަސްމީކޮށް ބައްޗަންގެ އާއިލާގެ ބަހެއް ނެތެވެ. އާރަދިއާ އަކީ އައިޝްވާރިއާ އާއި އަބީޝެކް ބައްޗަންގެ ހަމައެކަނި ދަރިފުޅެވެ.