Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަނީ

ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވާ މީހަކު ހޯދަން އިއުލާނު ކޮށްފިއެވެ.

އައްޑޫ ސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުންފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހޯދަން އިއުލާނު ކޮށްފައިވަނީ ސ. ހިތަދޫ / އުނިތޮށިގެ، މުޙައްމަދު ނާޝިދު އެވެ.

ފުލުހުން ބުނެފައިވަނީ އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

ފުލުހުން ކުރި އިއުލާނުގައި ވަނީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، 2023 އޭޕްރީލް 30 ވަނަ ދުވަހުގެ 10:00 އަށް ހާޒިރުވުމަށް މުޙައްމަދު ނާޝިދުއަށް އަންގާފައެވެ.

ފުލުހުން ތަހުގީގު ކުރާ މައްސަލަތަކުގައި ޗިޓު ހަވާލު ނުކުރެވުމުން ތަހުގީގަށް ހާޒިރުނުކުރެވޭ މީހުން ހޯދަން ފުލުހުން އިއުލާނު ކުރެއެވެ.