Last Updated: July 24, 20:27
Friday, July 24, 2026
ޚަބަރު

އީދު ސުފުރާ ޕޯސްޓްކޮށްގެން ފައިސާގެ އިނާމެއް

އީދު ދުވަހުގެ ސުފުރާމަތީގެ ފޮޓޯ ފޭސްބުކްގައި ޕޯސްޓްކޮށްގެން ފައިސާގެ އިނާމް ހޯދުމުގެ ފުރުސަތުސްޓެލްކޯއިން ހުޅުވާލައިފި އެވެ.

ސްޓެލްކޯއިން ބުނީ އީދު ދުވަހު ސުފްރާމަތީގެ ފޮޓޯ ފޭސްބުކްގައި ޕޯސްޓްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކުގެ ތެރެއިން ތިން ފަރާތަކަށް ފައިސާގެ އިނާމްތައް ކަނޑައެޅިފައިވާ ކަމަށެވެ.

އެއްވަނައަށް ހޮވޭ ފަރާތަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ކަނޑައެޅިފައިވާއިރު، ދެވަނައަށް ހޮވޭ ފަރާތަކަށް 3000 ރުފިޔާ އަދި ތިން ވަނައަށް ހޮވޭ ފަރާތަކަށް 2000 ރުފިޔާ ދިނުމަށް ވަނީ ކަނޑައެޅިފަ އެވެ. ވަނަތައް ދޭއިރު ބަލާނީ އެންމެ ގިނަ ލައިކް އަދި ޝެއަރއަށް ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

ފޭސްބުކްގައި ޕޯސްޓް ޝެއާ ކުރާއިރުމަށް ކަނޑައެޅިފައިވާ ހޭޝްޓެގަކީ #stelcoeidmalaafaiy އެވެ.

ފޮޓޯ ޕޯސްޓް ކުރެވޭނީ 1444ހ އަހަރުގެ ފިޠުރު ޢީދު ދުވަހުގެ ރޭގަނޑު 11:59 އާ ހަމައަށް ކަމަށް ސްޓެލްކޯއިން ބުނެ އެވެ.