Last Updated: July 15, 18:06
Thursday, July 16, 2026
ކުޅިވަރު

ޔޫރޮޕާ ލީގުން ޔުނައިޓެޑް ކަޓައިފި

ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި ރޭ ސެވިއްޔާ އަތުން 3-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް މުބާރާތުން ކަޓައިފި އެވެ.

މިދިޔަ ހަފްތާގައި ޔުނައިޓެޑް އާއި ސެވިއްޔާ ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ސެވިއްޔާ މުބާރާތުގެ ސެމީ އަށް ދަތުރުކުރީ 5-2 އެގްރިގޭޓް ނަތީޖާއަކުންނެވެ.

ސެވިއްޔާ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެ ޓީމުން ލީޑު ނެގީ އަށް ވަނަ މިނެޓްގައި އެން ނެސީރީ ޖެހި ގޯލަކުންނެވެ. މިއީ ޔުނައިޓެޑްގެ ޑިފެންޑަރު ހެރީ މެގުއާ ހެދި ގޯހެއްގެ ފައިދާނަަގައި އެން ނެސީީރީ ޖެހި ލަނޑެކެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު ސެވިއްޔާ އިން އެޓީމުގެ ދެވަނަ ލަނޑު ޖެހިއިރު މި ގޯލަކީ ކޯނަރަކުން އިވާން ރަކިޓިޗް ނެގި ބޯޅައަކުން ސެވިއްޔާގެ ލޮއިކް ބާޑޭ ބޮލުން ޖެހި ގޯލެކެވެ.

މެޗުގެ 81 ވަނަ މިނެޓްގައި ސެވިއްޔާގެ ތިން ވަނަ ގޯލު ޖެހީ ވެސް އެން ނެސީރީ އެވެ. މިއީ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ހެދި ބޮޑު ގޯހެއްގެ ފައިދާނަަގައި އެން ނެސީީރީ ޖެހި ގޯލެކެވެ.

ސެމީގައި ސެވިއްޔާ ބައްދަލުކުރާނީ ޔުވެންޓަސްއާ އެވެ. އަނެއް ސެމީގައި ކުޅޭނީ ރޯމާ އާއި ލެވަކޫސަން އެވެ.