Last Updated: July 26, 13:56
Sunday, July 26, 2026
މުނިފޫހިފިލުވުން

"ޓްވައިލައިޓް" އަށް ސިލްސިލާއެއް ހަދަނީ

ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ހޯދި "ޓްވައިލައިޓް" ގެ ފިލްމުތަކަށް ފަހުު، އެ ވާހަކަ އަށް ބިނާކޮށް ޓީވީ ސިލްސިލާއެއް ހަދަން ނިންމައިފި އެވެ.

ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މި ސިލްސިލާ ލަޔަން ގޭޓްސް ހަދަން ނިންމާފައިވާ އިރު، އޭގެ ސްކްރިޕްޓް ލިޔަނީ ސިނިއާޑް ޑާލީ ކަމަށެވެ. އޭނަ އަކީ "ޓެލް މީ ލައިސް" އާއި "ދަ ވޯކިން ޑެޑް: ވޯލްޑް ބިޔޯންޑްސް" އާއި "ރެއިޒްޑް ބާއި ވުލްވްސް" އަދި "ދަ ގެޓް ޑައުން" ފަދަ އުފެއްދުންތަކުގެ ސްކްރީން ރައިޓަރެވެ.

"ޓްވައިލައިޓް" ގެ ސިލްސިލާއެއް ހަދަން ނިންމި ނަމަވެސް އެ ޑައިރެޓްކުރާނެ މީހަކާއި ކާސްޓާ ބެހޭ ވާހަކަތަކެއް އަދި ނުދެކެވެ އެވެ.

ހޮލީވުޑް ރިޕޯޓާ އިން ބުނި ގޮތުގައި މި ޕްރޮޖެކްޓަަށް ފޫގަޅާފައިވާ ޓީމްގެ އެންމެ ބޮޑު އަމާޒަކީ ލިޔުންތެރިޔާ ސްޓެފެނީ މޭޔާގެ މަގުބޫލު ވާހަކަ ސީރީޒް "ޓްވައިލައިޓް" އަށް ހެދި ފީޗާ ފިލްމުތަކާ ތަފާތުކޮށް، އަދި ވާހަކައިގެ ވަރަށް ފުންމިނަށް ގޮސް، ބެލުންތެރިން ވަރަށް ޝައުގުވެރިވާ ކަހަލަ ސިލްސިލާއެއް ގެނެސްދިނުމެވެ.

"ޓްވައިލައިޓް" ސާގާގައި ހިމެނެނީ 5 ފަަސް ފިލްމެވެ. އެއީ 2008 ގެ "ޓްވައިލައިޓް" އާއި 2009 ގެ "ޓްވައިލައިޓް ސާގާ: ނިއު މޫން" އާއި 2010 ގެ "އެކްލިޕްސް" ގެ އިތުރުން 2011 ގެ "ބްރޭކިން ޑައުން ޕާޓް" 1 2012 ގެ "ބްރޭކިން ޑައުން ޕާޓް 2" އެވެ. މި ފަސް ފިލްމު ބޮކްސް އޮފީހުގައި 3.346 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި އެވެ.

"ޓްވައިލައިޓް" ސާގާ އަކީ ރޮބަޓް ޕެޓިންސަނާއި ކްރިސްޓިން ސްޓިއުވާޓް މަޝްހޫރުވެގެން ދިޔަ ފިލްމުތަކެވެ.