Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

ބޭރުގެ ޤުރުއާން މުބާރާތަކުން ރާއްޖޭގެ ކުއްޖަކަށް ދެވަނަ

މިސްރުގައި ބޭއްވި 29 ވަނަ "އިންޓަނޭޝަނަލް ކޮންޓެސްޓް ފޯ ރިސައިޓާސް އޮފް ދަ ހޯލީ ޤުރުއާން" އިން ރާއްޖެ އިން ބައިވެރިވި އިސްކަންދަރު ސްކޫލްގެ ދަރިވަރު ފާތިމަތު ޝާޔާ ޒާހިރު, އެ މުބާރާތުން ދެވަނަ ހޯދައިފި އެވެ.

ޝާޔާ ދެވަނަ ހޯދީ އެ މުބާރާތުގެ ނުބަލާ ކިޔެވުމުގެ ގޮފިންނެވެ. އެ މުބާރާތުން ޝާޔާ ދެވަނަ ހޯދީ 58 ގައުމެއްގެ ބައިވެރިންނާ ވާދަކޮށެވެ. އޭނަ އަށް އިނާމު ހަވާލުކޮށްދެއްވީ މިސްރުގެ ރައީސްް އަބްދުލްފައްތާޙް އަލްސީސީ އެވެ.

ޝާޔާ ހޯދި ކާމިޔާބީ ފާހަގަކުރައްވައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް މަރުޙަބާ ވިދާޅުވެފައިބެ އެވެ. މިނިސްޓަރު ވިދާޅުވީ ޝާޔާ ހޯދި ކާމިޔާބީއަކީ މުޅި ރާއްޖެ ފަޚުރުވެރިވާ ކާމިޔާބީއެއް ކަމަށެވެ.

މިސްރުގެ މުބާރާތުގައި ޖުމްލަ 58 ގައުމަކުން 100 އަށް ވުރެ ގިނަ ކުދިން ވާދަކުރި އެވެ.