ފިޠުރު ޢީދު ފާހަގަކުރުމަށް އުރީދޫ މޯލްޑިވްސް އިން ހާއްސަ އޮފާތަކާއެކު ތައާރަފްކޮށްފި އެވެ.
އުރީދޫގެ މޯބައިލް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތައާރަފްކުރެވުނު އައު ދެ އެޑް-އޮން ޕެކަކީ 3 ދުވަހަށް 100 ޖީބީ ލިބޭ ޗުއްޓީ ޕެކް އަދި 30 ދުވަހަށް 70ޖީބީ ލިބޭ މަގޭ ޕްލޭން 600 ޕެކް އެވެ.
މި ހާއްސަ އީދު އޮފަރ މެދުވެރިކޮށް މޮބައިލް ކަސްޓަމަރުން އިންޓަނެޓް މެދުވެރިކޮށް ފަސޭހަކަމާއެކު ގުޅުވާލަދީ މި ބަރަކާތްތެރި މުނާސަބަތުގެ އުފާވެރިކަން ދުރުގައި ތިބޭ ރައްޓެހިންނާއި ޢާއިލާއާ ޙިއްޞާކުރުމުގެ ފުރުސަތު އިތުރަށް ފަހިވެގެންދާނެ ކަމަށް އުރީދޫން ބުނެ އެވެ.
100 ޖީބީ 3 ދުވަހަށް ލިބޭ ޗޫޓީ ޕެކް 100 ރުފިޔާއަށް ލިބޭއިރު ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ހުރިހާ ކަސްޓަމަރުންނަށް ވެސް މި ޕެކް އެކްޓިވޭޓް ކުރެވޭނެ އެވެ. ޗުއްޓީ ޕެކް އެކްޓިވޭޓް ކުރުމަށް:
• "100 ޖީބީ" ޖެއްސެވުމަށް ފަހު 5555 އަށް އެސްއެމްއެސް ކުރައްވާ، ނުވަތަ
• *929*1# އަށް ގުޅައިގެންވެސް އެކްޓިވޭޓް ކޮށްލެވޭނެ އެވެ.
• އެޕް މެދުވެރިކޮށް އެކްޓިވޭޓް ކޮށްލުމަށް http://ore.do/app ޒިޔާރާތްކޮށްލާ.
• ކުއިކް ޕޭ މެދުވެރިކޮށް އެކްޓިވޭޓް ކޮށްލުމަށް http://ore.do/chutteepack ޒިޔާރާތްކޮށްލާ.
މަގޭ ޕްލޭން 600 ގެ ޕެކްގައި 30 ދުވަހަށް 70 ޖީބީ 600 ރުފިޔާއަށް ލިބޭއިރު އުރީދޫ ޕްރިޕެއިޑް ކަސްޓަމަރުންގެ އިތުރުން އެކު ޕޯސްޓްޕެއިޑް އަދި ނެޓުހެޔޮ ޕޯސްޓްޕެއިޑް ގެންގުޅުއްވާ ފަރާތްތަކުންވެސް މި ޕެކް އެކްޓިވޭޓްކޮށްލެވޭނެ އެވެ. މަގޭ ޕްލޭން 600 ޕެކް އުރީދޫ އެޕް http://ore.do/app ނުވަތަ ކުއިކް ޕޭ http://ore.do/magey600 މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނެ އެވެ.
މި އޮފާތަކުގެ އިތުރުން އެ ކުންފުނިން ވަނީ މާލޭ ސިޓީ ކައުންސިލާ ގުޅިގެން އުރީދޫ އީދު ސައި – އީދު ނަމާދަށް ފަހު ކިންގް ސަލްމާން މިސްކިތުގައި ހާއްސަ ނާސްތާއެއް ބޭއްވުމަށް ރޭވިފައިވެ އެވެ. މީގެ އިތުރުން އެހެން އަހަރުތަކެކޭ އެއްފަދައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ އުރީދޫގެ ޓީމުތަކުން އީދު ހަދިޔާ ބެހުމަށް ރާވާފައިވާކަމަށްވެސް އެކުންފުނިން ބުނެ އެވެ.