Last Updated: July 24, 20:27
Friday, July 24, 2026
ޚަބަރު

ޓޫރިސްޓުންގެ އަދަދު 6 ލައްކަ އިން މައްޗަށް

މި އަހަރު ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 6 ލައްކަ އަށް ވުރެ މައްޗަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 626،392 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. މިއީ ކުރީ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު، 18 އިންސައްތައިގެ އިތުރުވުމެކެވެ. ކުރީ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރީ 527،366 ޓޫރިސްޓުންނެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވާ ގައުމަކީ ރަޝިއާ އެވެ. އެ ގައުމުން 75،594 ޓޫރިސްޓުން އައިސްފައިވާއިރު ދެން އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ އިންޑިއާ އަދި އިނގިރޭސިވިލާތުންނެވެ.

ރާއްޖޭގެ 170 ރިސޯޓެއް އޮޕަރޭޓްކުރާއިރު، ރިސޯޓްތަކުގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް 41،241 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ. މިހާތަނަށް 895 ގެސްޓްހައުސް އެއް އަދި 153 ސަފާރީއެއްގައި 2959 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ.