Last Updated: June 9, 10:24
Friday, June 9, 2023
ޚަބަރު

ފިތުރު ޒަކާތަށް 9 މިލިއަން ރުފިޔާ ލިބުނު

ފިޠުރު ޒަކާތުގެ ގޮތުގައި މި ރޯދަ މަނު ނުވަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ ޒަކާތަށް ޖުމްލަ 9,003,324.05ރ. ލިބުނު ކަމަށާއި ރޯދަ މަހުގެ ފަހު ދުވަހާ ހަމައަށް 175،485 މީހުން ޒަކާތް ދެއްކި ކަމަށެވެ.

އެގޮތުން ފަގީރުންގެ ލިސްޓްގައި މި އަހަރު ހިމެނޭ 8،446 މީހުންގެ ތެރެއިން، މާލެ ސިޓީން 1،736 މީހުންނަށް، ބޮލަކަށް 3،450ރ. ޖެހުނު ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މި ރޯދަ މަހު ފިޠުރު ޒަކާތް ގޮވާމުން ވެސް ބަލައިގެންފައިވާ އިރު ރޯދަ މަހުގެ ފަހު ދުވަހާ ހަމައަށްފިޠުރު ޒަކާތުގެ ގޮތުގައި ގޮވާމުން ލިބިފައިވަނީ ޖުމްލަ 12،989.3 ކިލޯ އެވެ.