ވާރޭ ނުވެހި ގިނަ ދުވަސްތަކެއްވުމާ ގުޅިގެން ބޯފެނަށް ފެނަށް ޖެހުނު ގދ. ހޯނޑެއްދު އަށް ފެނަކައިން 20 ޓަނުގެ ފެން ފޯރުކޮށް ދީފި އެވެ.
މިކަމާ ގުޅިގެން ކައުންސިލުން ބުނީ ފެނުގެ ދަތި ކަމަށް ވަގުތީ ހައްލެއް ލިބުނީ ކަމަށެވެ.
ފެނަކައިން ހޯނޑެއްދު އަށް 20 ޓަނުގެ ފޮނުވުމުގެ ކުރިން، ކައުންސިލުން އޮތީ ފެން ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ހުުޅުވާލައިފަ އެވެ. އަދި އެގޮތަށް ވެސް ލިބިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
ހޯނޑެއްދު އަށް ބޯފެނުގެ ދަތިކަން ކުރިމަތިވާން ފެށީ މިދިޔަ މަހުގެ ތެރޭގަ އެވެ. އަދި އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ވެސް އޭރު ގެނަ އެވެ.