ރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ އާޓް ފެސްޓިވަލެއް އަންނަ މަހު ބާއްވަން ނިންމައިފި އެވެ.
ޔޫތު މިނިސްޓްރީން ބުނީ "ފަރުމާ އިންޓަނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް 2023" ގެ ނަމުގައި ބާއްވާ މި އިވެންޓް ކުރިއަށް ދާނީ އަންނަ މަހުގެ 8-13 އަށް މާލޭގައި ކަމަށެވެ. އެގޮތުން ފެސްޓިވަލް ބާއްވަން ހަމަޖެހިފައި ވަނީ ސޯޝަލް ސެންޓަރުގަ އެވެ.
In partnership with @Maldivian_Art we will be hosting the first international art festival in Maldives from 8th – 13th May 2023, Social Centre.
Artists from 7 countries will participate in “Faruma International Youth Art Festival 2023”.#FarumaFest23 #maldivianartists 🎨 pic.twitter.com/dB5IoCpjVR
— Ahmed Mahloof (@AhmedMahloof) April 20, 2023
މި ފެސްޓިވަލްގައި 7 ގައުމެއްގެ އާޓިސްޓިން ބައިވެރިވާނެ އެވެ.
"ފަރުމާ އިންޓަނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް 2023" ބާއްވަނީ ޔޫތު މިނިސްޓްރީ އާއި މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ ގުޅިގެންނެވެ.