ނ. ކެނދިކުޅުދޫގައި ގާއިމުކުރަން ނިންމާފައިވާ ގޭދޮށު މަސް ޕްލާންޓްގެ މަސައްކަތް ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
އެ މަސައްކަތް ހަވާލުކުރީ ހަނދު އިންސްވެސްޓްމެންޓްސް ކިޔާ ކުންފުންޏަކާ އެވެ. އެއީ މަސައްކަތް ފަށާތާ 7 މަސް ތެރޭގައި ނިންމާ ގޮތަށެވެ. ކެނދިކުޅުދޫ ކައުންސިލުން ބުނީ، މިއީ މިހާތަނަށް އެ ކައުންސިލުގެ ބެލުމުގެ ދަށުން ހިންގާނެ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ.
ކެނދިކުޅުދޫގައި ގޭދޮށު މަސް ޕްލާންޓް އެޅުމަށް އިންޑިއާގެ އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރީ 2021 ގެ ފެބްރުއަރީ މަހު އެވެ. އެ އެއްބަސްވުމުގެ ދަށުން އެ މަޝްރޫއަށް 4.4 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.
މީގެ ކުރިން ވެސް ބައެއް ރަށްރަށުގައި ވެސް ގޭދޮށު ފަސް ފެކްޓްރީ ހަދަން ކުންފުނިތަކާ ހަވާލުކޮށްފައިވެ އެވެ.