އިންޑިއާގެ ޓީވީ ބަތަލާ ސުމްބުލް ތައުގީރު ޚާން މިހާރު މުމްބާއީގައި ދިރިއުޅެމުން އަންނަ ގެ ދައްކާލައިފި އެވެ.
ޔޫޓިއުބް ވީޑިއޯއެއްގައި 19 އަހަރުގެ ބަތަލާގެ ދައްކާލައި، އެކަމާ ގުޅޭ ގިނަ ވާހަކަތަކެއް ވެސް ހިއްސާކޮށްފައިވެ އެވެ. ސްޓާ ޕްލަސްގެ ސިލްސިލާ "އިމްލީ" ގެ ޓައިޓްލް ރޯލު ކުޅެގެން ބޮޑު މަޝްހޫރު ކަމެއް ލިބުނު ސުމްބުލްގެ ގޭގެ ނަމަކީ "ޚާން މަންޒިލް" އެވެ.
އެ ނަމަކީ އޭނަގެ އާއިލާ މަދިއަ ޕްރަދޭޝްގެ ކަތުނީގައި ވެސް އުޅޭ ގޭގެ ނަމެވެ.
ސުމްބުލް ވަނީ އެންމެ ފަހުން ކަލާސް އިން ގެނެސްދިން "ބިގް ބޮސް" ގެ ސީޒަން 16 ގައި ވެސް ވާދަކޮށްފަ އެވެ. ދެހާސް ނަވާރައިގައި ރިލީޒްކުރި އަޔޫޝްމަން ކްރާނާގެ ފިލްމު "އާޓިކަލް 15" ގެ ރޯލެއް ވެސް ސުމްބުލް ކުޅުނެވެ.
އޭނަ އަކީ އިންޑިއާގެ ޒުވާން ޓީވީ ބަތަލާއިންގެ އެންމެ އުންމީދީ އެކެކެވެ.