Last Updated: July 21, 18:02
Tuesday, July 21, 2026
ދުނިޔެ

އެންމެ ކުރު ފިރިހެނާ އަށް އިތުރު ރެކޯޑެއް

ދުނިޔޭގެ އެންމެ ކުރު ފިރިހެނާގެ ރެކޯޑް މިދިޔަ އަހަރު ލިބުނު އިރާންގެ އަފްޝީން ގަދަރުޒާދޭ އަށް އިތުރު ރެކޯޑެއް ލިބިއްޖެ އެވެ.

އިސްކޮޅުގައި 2 ފޫޓް 1.6 އިންޗި (65.24 ސެންޓިމީޓަރު) ހުރި 20 އަހަރުގެ އަފްޝީންގެ އާ ރެކޯޑަކީ އެންމެ ކުޑަ އަތް ލިބިފައިވާ ބޮޑު ފިރިހެނާގެ ރެކޯޑެވެ. މި ރެކޯޑް އޭނަ އަށް ގިނިސް ވޯލްޑް ރެކޯޑުން މިދިޔަ ހަފުތާގައި ވަނީ ކަށަވަރުކޮށް ދީފަ އެވެ.

އަފްޝީންގެ ދެ އަތުގެ ތެރެއިން ކާނަތުގެ ސައިޒަކީ 6.4 ސެންޓިމީޓަރެވެ. އަދި ވާތުގައި ހުންނަނީ 6.7 ސެންޓިމީޓަރެވެ. އެއީ ބޮޑު ފިރިހެންގެ އަތުގެ އެވްރެޖް ސައިޒަށް ވުރެ ތިން ކުޑަ އެވެ.

އަފްޝީނަށް ލިބުނު އާ ރެކޯޑާ އެކީ އާއިލާ އިން އެކަމަށް "ޖޯކެއް" ވެސް ޖަހާފައިވެ އެވެ. އެގޮތުން އޭނަގެ އަތަށް ވުރެ ނޭފަތް ވެސް ބޮޑު ކަމަށް ބުނެފައިވެ އެވެ.

އަފްޝީނަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ މެދު ތެރޭގައި އެންމެ ކުރި ފިރިހެނާގެ ރެކޯޑް ލިބުމުގެ ކުރިން އެ ރެކޯޑް އޮތީ ކޮލަމްބިއާގެ 36 އަހަރުގެ އެޑްވަޑް "ނީނޯ" ހެނަންޑޭޒަށެވެ.