Last Updated: June 20, 11:01
Saturday, June 20, 2026
ޚަބަރު

ގާޒީ ހަސަން ސައީދު ރިޓަޔާކޮށްފި

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ފަނޑިޔާރުކަމުން މިއަދު ރިޓަޔާކުރައްވައިފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ޝަރުއީ ދާއިރާގައި އޭނާ ހޭދަކުރެއްވި 21 އަހަރުގެ ތެރޭގައި ކުރެއްވި ހިދުމަތުގެ އަގުވަޒަންކޮށް ކޮމިޝަންގެ މެމްބަރުންނާއި މުވައްޒަފުންގެ ނަމުގައި ޝުކުރު އަދާކޮށްފައިވެ އެވެ.

ކުރިން ފެމިލީ ކޯޓުގެ އިސް ގާޒީއަކަށް ވެސް ކުރިން ހުންނެވި ހަސަން ސައީދުގެ މައްސަލައެއް ވަރަށް ފަހުން ޖޭއެސްސީން ވަރަށް ބަލާފައި ވެސް ވެ އެވެ.

އެގޮތުން އޭރު އޭނާ 14 ދުވަހަށް ސަސްޕެންޑްކުރީ ފެމިލީ ކޯޓުގައި ހުންނެވި ދުވަސްވަރު ގާނޫނާ ހިލާފަށް ކައިވެންޏެއް ކޮށްދޭން މަގުފަހިކޮށްދިން ކަމަށް ބުނެ އެވެ. ނަމަވެސް ސަސްޕެންޑްކުރީ ގޯސްކޮށް ކަމަށާއި އެކަމުގައި ސުލޫކާ ހިލާފު ކަމެއް ނެތް ކަމަށް ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުން މި މަހުގެ 20 ގައި ވަނީ ނިންމާފައިވެ އެވެ.

އައްޑޫ ފޭދު އަށް ނިސްބަތްވާ ހަސަން ސައީދު ފަނޑިޔާރުކަމުން ރިޓަޔާކުރެއްވުމާ ގުޅިގެން ރިޓަޔާ ކުރެއްވިއިރު، ލިބިވަޑައިގަންވަމުން ގެންދެވި މުސާރަ އާއި ހިދުމަތަށް ބަލައި ކޮންމެ މަހަކު ވެސް އިނާޔަތެއް ދައުލަތުން ދޭނެ އެވެ. އަދި 18 އަހަރު ދަށުގެ ކުދިން ތިބި ނަމަ އެ ކުދިންނަށާއި އަނބިމީހާ/ފިރިމީހާ އަށް ހެލްތު ވެސް އިންޝުއަރެންސް ލިބިވަޑައިގަންނަވާނެ އެވެ.