Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

ކޮތަޅުން ފީ ނެގުމާ ގުޅޭ އިސްލާހުގެ ބަހުސް މާދަމާ

ފޮޓޯ: ޕީއެސްއެމް ނިއުސް

ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސް މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅާފައިވަނީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދުއެވެ. މާދަމާގެ ޖަލްސާގައި އިބްތިދާއީ ބަހުސްގެ ދަށުން ބަހުސް ކުރުމަށް އެޖެންޑާ ކޮށްފައިވަނީ ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށެވެ.

މި ޤާނޫނުގެ ދަށުން ކޮތަޅުން ފީ ނަގަން ފަށާފައިވާއިރު، އެކަމުގައި އަމަލުކުރަމުން އަންނަ ގޮތުން ގިނަ ބައެއްގެ ފާޑުކިޔުންވެސް ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އެގޮތުން ކަސްޓަމަރުންނަށް ދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން 2 ރުފިޔާގެ ފީއެއް ނަގާއިރު މިކަމުގެ ސަބަބުން ކޮތަޅު ބޮނޑިއެއްގެ އަގު ވަނީ ބޮޑުތަނުން އުފުލިފައެވެ. މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ސަރުކާރުން މަޖިލީހަށް ހުށަހެޅި އިސްލާހުގައި ވަނީ ކޮތަޅުން ފީ ނެގުން އިސްތިސްނާވާ އެއްޗެހީގެ ތެރޭގައި ކޮތަޅު ބޮނޑި ހިމަނަން ހުށަހަޅާފައެވެ.

މީގެއިތުރުން މި އިސްލާހުގައި ވަނީ މި ގާނޫނު ފާސްކުރިއިރު ރާއްޖެއަށް ކުނި އިމްޕޯޓް ކުރުން ހުއްދަ ކޮށްފައިއޮތް އޮތުން މަނާކުރުމަށްވެސް ހުށަހަޅާފައެވެ.