Last Updated: May 3, 22:21
Friday, May 3, 2024
ޚަބަރު

ކަރަންޓު ބޭނުންކުރާ މިންވަރު ދަނީ އިތުރުވަމުން

މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށް މާލެ ސަރަހައްދުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ މިދިޔަ ފެބްރުއަރީ، މާރިޗު އަދި އެޕްރީލް މަހުގެ ލޯޑު ޓްރެންޑު ދައްކާގޮތުން، ގްރޭޓަރ މާލޭގެ އެވްރެޖް ޕަވަރ ޔޫސޭޖް ދުވަހެއް ދުވަހަކަށް މަތިވަމުންދާ ކަމަށެވެ.

"އެވްރެޖްކޮށް ބަލާނަމަ ދުވާލާއި ރޭގަނޑުގެ ހުރިހާ ވަގުތެއްގެވެސް އެހެން މަސްތަކާއި އަޅާ ބަލާއިރު ކަރަންޓު ބޭނުން ކުރާ މިންވަރު މިވަނީ އިތުރުވެފައި." ސްޓެލްކޯއިން ބުނެފައިވެއެވެ.

އެހެންކަމުން މިދުވަސްވަރު ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ސްޓެލްކޯއިން މީގެކުރިންވެސް ވަނީ މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަކަށް ވުމުން، ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށާއި، ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކޮށްފައެވެ.