Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

ވަގު ޑޮލަރު ވިއްކާ މައްސަލައެއް ޕޮލިހަށް

ވަގު ޑޮލަރު އިޝްތިހާރުކޮށް ވިއްކާ މައްސަލަ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފުލުހުންނަށް ހުށަހަޅައިފިއެ ވެ.

މަަރުކަޒީ ބޭންކުން ބުނީ ގު ޑޮލަރު އިޝްތިހާރުކޮށް ވިއްކާ މައްސަލަ އެ އޮތޯރިޓީގެ ސަމާލުކަމަށް އައުމާ ގުޅިގެން ސްފައިވާ އެކަން ބަލައިދިނުމަށް ފުލުހުންނަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ. ވެސް އޭނާ ވިދާޅުވި އެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ވަގު ޑޮލަރު ވިއްކާ، އިޝްތިހާރު ކުރާ މައްސަލަތައް ދޭތެރެދޭތެރެއިން ފެންމަތިވެއެވެ. އެގޮތުން އެ ޑޮލަރުތަކަކީ ކޮލިޓީ އަދި އަސްލު ޑޮލަރާ އެއްވެސް ތަފާތެއް ނެތް ޑޮލަރު ކަމަށް ބުނެ އިޝަތިހާރު ކުރަމުންދެ އެވެ.

އެނގިފައިވާ ގޮތުގައި މި މިފަހަރު ދައުރުކޮށް ވިއްކަނީ އުތުރު ކޮރެއާގައި ތައްޔާރުކޮށްފައިވާ ޑޮލަރުތަކަކީ އެމެރިކާގެ 100 ނޫޓުގެ ޑޮލަރުގެ ނޫޓްތަކެކެވެ.