މާލޭގެ ތިން މާރުކޭޓް އެއް އިމާރާތަކަށް ބަދަލުކޮށް، ޒަމާނީ މާރުކޭޓެއް އަޅަން ތައްޔާރުވަމުން އަންނަ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
އެތަން ހަދަން ނިންމާފައި ވަބީ މަސް މާރުކޭޓާއި ލޯކަލް މާރުކޭޓް ހުންނަ ސަރަހައްދުގައެވެ.
މާލޭ ކައުންސިލުން ބުނީ މާލޭ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގެ އިތުރުން މަސް މާރުކޭޓު އެއް އިމާރާތަކަށް ބަދަލުކުރާނެ ކަމަށާއި އެ އިމާރާތް ހަދާނީ ހަތަރު ބުރިއަށް ކަމަށެވެ. ކައުންސިލުން ބުނި ގޮތުގައި މާރުކޭޓް އިމާރާތުގައި ޕާކް ކުރެވޭނެ އިންތިޒާމު ވެސް ހުންނާނެ އެވެ.
މި މަސައްކަތް ފެށޭނީ ލޯކަލް މާރުކޭޓު އެހެން ސަރަހައްދަކަށް ބަދަލުކޮށްގެން ކަމަށްވާތީ އެކަމަށް މަޝްވަރާތައް މިހާރު ކުރެވެމުން އަންނަ ކައުންސިލުން ބުންޏެވެ. މިއީ މާލެ ކައުންސިލްގެ ބަޖެޓަކުން ކުރަން ހަމަޖެހިފައިވާ ކަމެކެވެ.
ކައުންސިލުން ބުނި ގޮތުގައި މާރުކެޓް އިމާރާތަށް ބޭނުން މާލީ ގޮތުން ކުރަން ޖެހޭ ކަންކަން ވެސް މިހާރު އޮތީ ނިމިފައި ކަމަށާއި އެތަނުގެ ޑިޒައިނިން މަސަައްކަތް ކުރިއަށްދާ ކަމަށެވެ. .