Last Updated: July 26, 13:56
Sunday, July 26, 2026
މުނިފޫހިފިލުވުން

ރަންބީރާއި ކަރީނާގެ އާއިލާ އަށް އިތުރު ކުއްޖެއް

ބޮލީވުޑްގެ މަޝްހޫރު ކަޕޫރް ޚާންދާނަށް އަނެއްކާ ވެސް ކުއްޖަކު އިތުރުވެއްޖެ އެވެ.

މި ފަހަރު ކުއްޖަކު ލިބުނީ އެ އާއިލާގެ މެމްބަރެއް ކަމަށްވާ އަރްމާން ޖެއިންއަށެވެ. އޭނަ އަކީ ކަރީނާ ކަޕޫރާއި ރަންބީރް ކަޕޫރްގެ ކަޒިންއެކެވެ. އަރްމާންގެ މަންމަ ރީމާ އަކީ ކަރީނާގެ ބައްޕަ ރަންދީރް ކަޕޫރާއި ރަންބީރްގެ ކަޕޫރް ރިޝީ ކަޕޫރާ އެއްބަނޑު އެއްބަފާ މީހެކެވެ.

އަރުމާނަށް މިއަދު ފިރިހެން ކުއްޖަކު ލިބުނު އޭނަ އާއި އަނީސާ މަލްއުތުރާ ކައިވެނިކުރީ 2020 ގަ އެވެ.

 

View this post on Instagram

 

A post shared by Anissa Malhotra Jain (@stylebyanissa)

އާއިލާ އަށް މެމްބަރަކު އިތުރުވުމާ އެކަމުގެ އުފާ ކަރީނާ އާއި އޭނަގެ ދައްތަ ކަރިޝްމާގެ އިތުރުން ރަންބީރްގެ މަންމަ ނީތޫ ސިންގް އާއި އަންހެނުން އާލިއާ ބަޓް ވެސް އިންސްޓަގްރާމް ސްޓޯރީގައި އުފާ ފާޅުކޮށް، އަރުމާނަށް މަރުހަބާ ކިޔާފައިވެ އެވެ.

އާއިލާގެ ގިނަ މީހުން ފަދައިން ފިލްމީ ދާއިރާ އަށް އަރުމާން ވެސް ނުކުތެވެ. އެކަމަކު އޭނަ ކުޅުނީ އެންމެ ފިލްމެކެވެ. އެއީ 2014 ގެ "ލޭކަރް ހަމް ދީވާނާ ދިލް" އެވެ. ބައެއް ފިލްމުތަކުގެ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި ވެސް އަރުމާން މަސައްކަތްކުރި އެވެ. އޭގެ ތެރޭގައި ކަރީނާގެ 2012 ގެ "އޭކް މޭ އޯރް އޭކް ތޫ" ގެ އިތުރުން އެ އަހަރު އާލިއާ ބޮލީވުޑަށް ތައާރަފުވި "ސްޓޫޑެންޓް އޮފް ދި އިޔާ" ހިމެނެ އެވެ.

 

View this post on Instagram

 

A post shared by Armaan Jain (@therealarmaanjain)

އަރްމާންގެ ކޮއްކޮ އާދާރު ޖެއިން އަކީ ވެސް އެކްޓަރެކެވެ. އޭނަ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ހެލޯ ޗާލީ" އާއި "ގައިދީ ބޭންޑް" ހިމެނެ އެވެ. ބަތަލާ ތާރާ ސުތާރިއާ އާއި އާދާރް ރައްޓެހިވެގެން އުޅުމަށް ފަހު، މިދިޔަ ވަނީ ރުޅިވެފަ އެވެ.

ރަންބީރާއި އާލިއާ އަށް ދަރިއަކު ލިބުނީ މިދިޔަ އަހަރު އެވެ.