މަންޓާ އެއާ އިން އިތުރު ސީޕްލޭނެއް ގެނެސް އެ އެއާލައިނުގެ ފްލީޓު ފުޅާކޮށްފި އެވެ.
މަންޓާ އެއާއިން ބުނީ އާ ސީ ޕްލޭން ރާއްޖެ އައިސްފައިވަނީ އިއްޔެ ހަވީރު ކަމަށެވެ. މަންޓާގެ އާ ސީ ޕްލޭނަކީ މިދިޔަ އާދިއްތަ ދުވަހު އެމެރިކާއިން ފުރައިގެން ރާއްޖެ އައި ބޯޓެކެވެ.
Welcome home!
We are delighted to announce the arrival of our newest addition to the fastest growing seaplane fleet in the Maldives.#LikeAManta #NewAircraft #Seaplane #YourTropicalWaytoFly #DHC6 #TwinOtter pic.twitter.com/5MG5135quB— Manta Air (@MantaAir) April 22, 2023
ފެބްރުއަރީ 2019 ގައި މަންޓާގެ ދަތުރުތައް ރަސްމީކޮށް ފަށާފައިވާއިރު، މަންޓާގެ ސީޕްލޭން ދަތުރުތައް ފަށާފައިވަނީ އެ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ.
ރާއްޖޭގެ ގިނަ ރިސޯޓްތަކަކަށް ސީޕްލޭންގެ ހިދުމަތް މަންޓާ އިން ދެމުން އަންނައިރު ރާއްޖޭގެ 3 އެއަރޕޯޓަކަށް މަންޓާއިން ދަނީ ދަތުރުކުރަމުންނެވެ. އެއީ ހޯރަފުށި، ދަރަވަންދޫ އަދި ކުޑަހުވަދޫ އެއާޕޯޓެވެ.
މަންޓާ އިން ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު ކުރިއެރުމެއް ހޯދާފަ އެވެ.