Last Updated: July 26, 13:56
Sunday, July 26, 2026
މުނިފޫހިފިލުވުން

އަލާޔާގެ "ޔޫ-ޓާން" 28 ގައި

ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ ޒުވާން ބަތަލާ އަލާޔާ ފަރްނީޗަރްވާލާގެ އާ ފިލްމު "ޔޫ-ޓާން" މި މަހުގެ 28 ގައި ޒީ5 އިން ޕްރީމިއާކުރާ ގޮތަށް ނިންމައިފި އެވެ.

މި ފިލްމަކީ 25 އަހަރުގެ ބަތަލާގެ ހަތަރު ވަނަ ފިލްމެވެ. "ޔޫ-ޓާން" އަކީ އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް، އާރިފު ޚާން ޑައިރެކްޓްކޮށްފައިވާ ސުޕަނެޗްރަލް ތުރިލާއެކެވެ. މިއީ ހަމަ އެ ނަމުގައި ގެނެސްދިން 2016 ގެ ކަންނާޑާ ފިލްމުގެ ރިމޭކެކެވެ.

"ޔޫ-ޓާން" މި މަހުގެ 28 ގައި ޑިޖިޓަލްކޮށް ޕްރީމިއުރާ އިރު، ފިލްމުގެ ކާސްޓުންގެ ތެރޭގައި ޕްރިޔަންޝޫ ޕައިންޔުލީ، އާޝިމް ގްލާޓީ، މަނޫ ރިޝީ އަދި ރާޖޭޝް ޝަރުމާ ހިމެނެ އެވެ.

ދެހާސް ވިހީގައި ސައިފް އަލީ ޚާންގެ "ޖަވާނި ޖާނެމަން" އިން ބޮލީވުޑަށް ނުކުތް އަލާޔާގެ އެންމެ ފަހުގެ ފިލްމަކީ ފެބްރުއަރީގައި ރިލީޒްކުރި "އޯލްމޮސްޓް ޕިޔާރު ވިތު ޑީޖޭ މުހައްބަތު" އެވެ. މިދިޔަ އަހަރު "ފްރެޑީ" އިން ވެސް އުންމީދީ ބަތަލާ ފެނިފައިވެ އެވެ.

އަލާޔާ އަކީ ކުރީގެ ބަތަލާ ޕޫޖާ ބޭދީގެ ދަރިއެކެވެ. އޭނަގެ ކާފަ ކަބީރު ބޭދީ އަކީ ވެސް އިންޑިއާގެ ވަރުގަދަ އެކްޓަރެކެވެ. އަލާޔާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ސްރީ" އާއި "ބަޅޭ މިޔާ ޗޯޓޭ މިޔާ" އަދި "އޭކް އޯރް ގަޒަބު ކަހާނީ" ހިމެނެ އެވެ.