ސްރީ ލަންކާ އަށް މިއަދު ބިންހެލުމެއް އަތުވެއްޖެ އެވެ.
އެ ގައުމުގެ ޖިއޮލޮކޮޖަލް ސާވޭ އެންޑް މައިސް ބިއުރޯއާ ހަވާލާދީ މީޑިއާތަކުން ބުނީ އެ ބިންހެލުން އައީ މި ވަގުތުގެ ވަރަށް ހެނދުނިގެ ވަގުތެއްގައި އައީ ހަމްބަންޓޯޓާ އަށް ކަމަށެވެ. ހަމްބަންޓޯޓާގެ އައްސޭރި ހިސާބުގަނޑަށް މި ބިންހެލުން އައީ ރިކްޓަ މިންގަނޑުން 4.4 ބާރުމިނުގައި ކަމަށް ވެސް ބުންޏެވެ.
ނަމަވެސް ބިން ހެލުމާ ގުޅިގެން އެއްވެސް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.