ހއ. މަކުނުދޫގައި ހަދަން ނިންމާފައިވާ އެއާޕޯޓްގެ ކުރެހުންތައް ނިންމާލައި، އެއަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
އެ ރަށުގައި ހަދަން ނިންމާފައިވާ އެއާޕޯޓްގެ ކުރެހުން ޕްލޭނިން މިނިސްޓްރީން ކައުންސިލާ ހިއްސާކޮށްފައިވާތީ އެއަށް ރައްޔިތުންގެ ހިޔާލު މުހިއްމު ކަމަށް މަކުނުދޫ ކައުންސިލުން ބުންޏެވެ. ރާއްޖޭގެ އެންމެ އުތުރުގައި އޮތް ރަށުގެ ކައުންސިލުން ބުނީ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފަހު، ވަރަށް އަވަހަށް މިނިސްޓްރީ އަށް އެ ފޮނުވާނެ ކަމަށެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި މަކުނުދޫގައި ތަރައްގީކުރަން ނިންމާފައިވާ އެއާޕޯޓަށް ބޭނުންވާ ފައިސާ ވަނީ ހަމަޖެހިފަ އެވެ. ގާތްގަނޑަކަށް 1،800 މީހުން ދިރިއުޅޭ މަކުނުދޫގައި އެއާޕޯޓެއް ހަދަން ނިންމާފައި ވަނީ ރަށުގެ ދެކުނު ފަރާތުން ބިން ހިއްކައިގެންނެވެ.