Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

ކަނޑުގެ ސަރަހައްދު ނުލިބިއްޖެ ނަމަ ވާނީ ޣައްދާރުވި ސަރުކާރަަކަށް

މެންބަރު އަލީ ހުސައިން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޗާގޯސް މައްސަލައިގައި އެ ސަރަހައްދުގެ ކަނޑުން ރާއްޖެއަށް 200 ނޯޓިކަލް މޭލް ނުލިބިއްޖެނަމަ މިސަރުކާރުވާނީ ރާއްޖެއަށް ޣައްދާރުވި ސަރުކާރަަކަށް ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޗާގޯސް މައްސަލައިގައި ހުށަހެޅި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ ޗާގޯސްގެ މައްސަލަ މޮރިޝަސްއިން ހުށަހެޅުމުން އެހިސާބުން ރާއްޖެއަށް އެ ލިބުނީ ޗާގޯސްގެ ސަރަހައްދަކީ ރާއްޖޭގެ ބައެއްކަމަށް ވަކާލާތު ކުރުމަށް ރަނުގެ ފުރުސަތެއް ކަމަށެވެ. އެހެންނަމަވެސް އެފުރުސަތު ދޫކޮށްލުމަށްފަހު ރައިސް އިބްރާޙިމް މުހައްމަދު ސޯލިހް މޮރިޝަސްއަށް ސިޓީއެއް ފޮނުވީ ކަމަށާއި އެ ސިޓީގައި އޮތްއެއްޗެއް މަޖިލީހަށް އަދި ރައްޔިތުންނަށްވެސް ނޭންގޭ ކަމަށެވެ.

އަލީ ހުސައިން ވިދާޅުވީ އެ ސިޓީ ރައީސް ސޯލިހް ފޮނުވާފައިވަނީ ސިއްރުން ކަމަށާއި، އެ ސިޓީ ފޮނުވާފައިވަނީ މަޖިލީހުގެ ބަހެއް ނެތި ކަމަށެވެ.

"އެކަމާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް މަޖިލީހަށް ނުފޮނުވާ، މަޖިލީހަށް ހިއްސާނުކޮށް މިބާވަތުގެ ސިޓީއެއް ފޮނުވުމަކީ އަޅުގަނޑު ގަބޫލުކުރާގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ވަރަށް ބޮޑު ގޯސްކަމެއް. ޤާނޫނުއަސާސީއާ ހިލާފަށް ކުރެއްވި ކަމެއް." އަލީ ހުސައިން ވިދާޅުވިއެވެ.

މީގެއިތުރުން ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ ފޯޅަވައްސަކީ މިނިވަން ދައުލަތެއް ނޫންކަމަށާއި ފޯޅަވަހީގައި މަސްވެރިކަން ކުރާ ބަޔަކު ނޫޅޭ ކަމަށެވެ. އަދި ދިވެހިންނަކީ ޒަމާނުންސުރެއް ފޯޅަވައްސާ ދެމެދު އަދި މުޅި ސަރަހައްދުގައިވެސް މަސްވެރިކަން ކުރަމުން އަންނަ ބައެއް ކަމަށެވެ.

"އެހެންވީމަ، ދިވެހިންނަށް 200 ނޯޓިކަލް މޭލް ނުލިބޭގޮތަށް މި މައްސަލަ ނިމިއްޖެ ކަމަށްވާނަމަ، އަޅުގަނޑު ދަންނަވާނީ މި ސަރުކާރަކީ މިފަހުގެ ތާރީހުގައި މިރާއްޖެއަށް ޣައްދާރުވި ސަރުކާރެއްގޮތުގައި ތާރީހުގައި ލިޔެވިގެންދާނެ." އަލީ ހުސައިން ވިދާޅުވިއެވެ.

މި މައްސަަލައިގައި އަންނަ ހުކުރު ދުވަހު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ގޮތެއް ނިންމާނެއެވެ.