ހދ. ހަނިމާދޫ މަގު ހެދުމުގެ މަސައްކަތް ނިންމާލައިފިއެވެ.
އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި ޕްރޮޖެކްޓްގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 44,296.90 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމާއި، 18,871.16 އަކަ މީޓަރުގެ ހިނގާ ސަރަޙައްދެއް ޤާއިމުކުރުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، ސަރވިސް ލައިން އެޅުމާއި، ޑްރެއިނޭޖެއް ބެހެއްޓުމާއި، 20,774.86 މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ހދ. ހަނިމާދޫ މަގު ހެދުމުގެ މަސައްކަތަކީ 28.90 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.