Last Updated: July 25, 13:53
Saturday, July 25, 2026
ޚަބަރު

ތިނަދޫއިން ގިނަ އަދަދެއްގެ ބަނގުރަލާއެކު މީހަކު ހައްޔަރުކޮށްފި

އަތުލާގަނެފައިވާ ބަނގުރާ- ފޮޓޯ: ފުލުހުން

ގދ. ތިނަދޫއިން ގިނަ އަދަދެއްގެ ބަނގުރަލާއެކު މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ އެޕްރީލް 21 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ތިނަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެމީހާ ދިރިއުޅޭ ތަން ބަލައިފާސްކުރިއިރު 138 ބިޔަރު ދަޅާއި 103 ބަނގުރާ ފުޅި ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ހަތަރު ދުވަސް ދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށްވެސް ބުނެފައިވެއެވެ.