Last Updated: July 26, 13:56
Sunday, July 26, 2026
މުނިފޫހިފިލުވުން

ދަރިފުޅު ޑައިރެކްޓްކުރި އިޝްތިހާރެއްގައި ޝާހްރުކް

ޝާހްރުކް ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އަރިއަން ހިއްސާވެގެން ލޯންޗްކުރި ކްލޯތިން ލައިނެއްގެ އިޝްތިހާރެއް އޭނައާ އެކީ ގެނެސް ދީފި އެވެ.

މި އިޝްތިހާރު ބައްޕަ ހިމަނައިގެން ޑައިރެކްޓްކުރީ ވެސް އަރިއަން އެވެ. މިއީ މިހާރު އަމިއްލަ އަށް ލިޔުނު ސްކްރީންޕްލޭއަކަށް ވެބް ސީރީޒެއް ވެސް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ 25 އަހަރުގެ އަރިއަންގެ މިފަދަ މަސައްކަތެއް ބެލުންތެރިންނަށް ދޫކޮށްލި ފުރަތަމަ ފަހަރެވެ. އިޝްތިހާރުން އޭނަ ވެސް ފެނިގެން ދެ އެވެ.

އަރިއަން އާއި އޭނަގެ ދެ ވިޔަފާރި ޕާޓްނަރަކާ ގުޅިގެން އިއްޔެ ލޯންޗްކުރި ސްޓްރީޓް ވެއާ ކްލޯތިން ކަލެކްޝަންގެ ނަމަކީ "ޑި ޔަވޯލް އެކްސް" އެވެ.

މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އަރިއަން "ޑި ޔަވޯލް" ގެ ނަމުގައި ލޯންޗްކުރި ލައިފްސްޓައިލް ބްރޭންޑްގެ ދަށުން ލޯންޗްކުރި އެއްޗެކެވެ.

"ޑި ޔަވޯލް އެކްސް" އަކީ ލިމިޓެޑް ކަލެކްޝަންތަކެއް ނެރޭނެ ލަގްޒަރީ ބްރޭންޑެކެވެ. މި ބްރޭންޑްގެ ވާހަކަ އަރިއަންގެ އިންސްޓްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ. އަދި ޝާކްރުކް ވެސް ދަރިފުޅުގެ ބްރޭންޑްގެ އިޝްތިހާރު ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވެ އެވެ. މީގެ އިތުރުން އަރިއަންގެ މަންމަ ގޯރީ ޚާނާއޮ ކޮއްކޮ ސުހާނާ ޚާން ވެސް އެ މީހުންގެ އިންސްޓަގްރާމްގައި އިޝްތިހާރު ޕޯސްޓްކޮށްފައިވެ އެވެ.

"ޑި ޔަވޯލް" ގައި އަރިއަންއާ އެކީ ހިއްސާ ވަނީ ބަންޓީ ސިންގް އާއި ލެޓީ ބްލެގޯވާ އެވެ.