Last Updated: July 26, 13:56
Sunday, July 26, 2026
މުނިފޫހިފިލުވުން

އަނުޝްކާ އާއި ވިރާޓް ޖިމްގައި ނަށާ ވީޑިއޯއެއް

އިންޑިއާގެ މަޝްހޫރު ދެމަފިރިން ކަމަށްވާ ބަތަލާ އަނުޝްކާ ޝަރުމާ އާއި ކްރިކެޓް ތަރި ވިރާޓް ކޯލީ ޖިމެއްގެ ތެރޭގައި ނަށާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ޕޯސްޓްކުރުމުން ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.

އަނުޝްކާގެ އިންސްޓަގްރާމްގައި އާންމުކުރި ވީޑިއޯގެ ކެޕްޝަނަކަށް ޖަހާފައި އިނީ އޭނަގެ ފުރަތަމަ ފިލްމު 2008 ގެ "ރަބް ނެ ބަނާދީ ޖޯޅީ" ގެ މަޝްހޫރު ލަަވައެއްގެ ކަޑިއެކެވެ. އެއީ ސުނީދީ ޗޯހަން އާއި ލަބް ޖަންޖުއާ ކިޔާފައިވާ "ޗާންސް ޕެ ޑާންސް" އެވެ.

އެ ލަވަ އަކީ އަނުޝްކާ އާއި ޝާހްރުކް ޚާންގެ ނެށުންތަކެއް ފެނިފެންދާ ލަވައެކެވެ.

އަނުޝްކާގެ ފުރަތަމަ ފިލްމަކީ ހިންދީ ސިނަމާގެ އައިކޮނިކް ފިލްމު "ރަބް ނެ ބަނާދީ ޖޯޅީ" އަކީ ހިންދީ ސިނަމާގެ އައިކޮނިލް ފިލްމެއް ކަމަށްވާ ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ) ގެ ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާ ޑައިރެކްޓްކުރި އެއްޗެކެވެ.

އަނުޝްކާ އާއި ވިރާޓް ކައިވެނިކުރީ 2016 ގަ އެވެ. އެ ދެ މީހުންގެ މިހާރު ދެ އަހަރުގެ އަންހެން ކުއްޖަކު ވެސް އެބަ ހުއްޓެވެ. އަނުޝްކާގެ ކުރިއަށް އޮތް ފިލްމަކީ ދަރިއަކު ލިބުނު ފަހުން ކުޅުނު ފުރަތަމަ ފިލްމު "ޗަކްދާ އެކްސްޕްރެސް" އެވެ. މީގައި އޭނަ ފެންނަނީ ކްރިކެޓް ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

އަނުޝްކާ އެންމެ ފަހުން ފެނިފައި ވަނީ ޝާހްރުކާ އެކީ ކުޅުނު 2018 ގެ "ޒީރޯ" އިންނެވެ.