Last Updated: June 20, 09:55
Saturday, June 20, 2026
ޚަބަރު

މި އަހަރުގެ އޯ ލެވެލް އިމްތިހާނު ފަށައިފި

ހިތަދޫ ޝަރަފުއްދީން ސްކޫލްގެ ދަރިވަރުންތަކެއް އޯ ލެވެލް އިމްތިހާނު ހޯލުގައި.

މި އަހަރުގެ އޯ ލެވެލް އިމްތިހާނު ރާއްޖޭގައި ފަށައިފި އެވެ.

އޯ ލެވެލް އާއި އެސްއެސްސީ އިމްތިހާނު 244 ސްކޫލެއްގައި ކުރިއަށް ދާނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އޯ ލެވެލް އިމްތިހާނުގައި 6،698 ދަރިވަރުން އަދި އެސްއެސްސީ އިމްތިހާނުގައި 6،107 ދަރިވަރުން ބައިވެރިވާ ކަމަށެވެ.

މި އިމްތިހާނާ ދިމާކޮށް އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓްވީޓެއްގައި ދަރިވަރުންނަށް ކާމިޔާބީ އަށް އެދިފައިވެ އެވެ.