ކާމިޔާބު ސިލްސިލާތަކެއް ކުޅެފައިވާ ޓީވީ އެކްޓަރު ވިވިއަން ޑިސޭނާ ކަލާސްގެ ސިލްސިލާ "އުދާރިއާ" ގެ ރޯލަކަށް ސޮއިކޮށްފި އެވެ.
އޭނައާ އެކީ އާ ޕްރޮމޯއެއް ވެސް މިހާރު އަންނަނީ ދައްކަމުންނެވެ. "އުދާރިއާ" އިން ވިވިއަން ފެެންނަން ފަށާނީ މާދަމާ ރެއިން ފެށިގެންނެވެ.
މި ސިލްސިލާ އަކީ ކަލާސް އިން މާޗް 15، 2021 ގައި ގެނެސްދޭން ފެށި އެއްޗެކެވެ. ކުރިން "އުދާރިއާ" ގެ މައިގަނޑު ރޯލުތައް ކުޅުނީ ކަލާސްގެ "ބިގް ބޮސް 16" ގައި ވާދަކުރި ޕްރިޔަންކާ ޗަހާރް އާއި އަންކިތު ގުޕްތާ އެވެ. ސިލްސިލާގެ މައިގަނޑު ރޯލުތައް މިހާރު ކުޅެނީ ޓްވިންކަލް އަރޯރާ އާއި ހިތޭޝް ބަރަދްވާޖް އެވެ.
"ބިގް ބޮސް 16" އަށް ފަހު އަންކިތަކީ މިހާރު ކަލާސް އިން ދައްކަމުން އަންނަ ސިލްސިލާ "ޖުނޫނިޔަތު" ގެ އެއް ބަތަލެވެ.
"އުދާރިއާ" ގެ ކާސްޓާ ވިވިއަން ގުޅުނު އިރު، އޭނަގެ އެންމެ ފަހުގެ ސިލްސިލާ އަކީ ކަލާސް އިން މިދިޔަ އަހަރު ނިންމައިލި "ސިރުފު ތުމް" އެވެ. އިސްލާމްވުމަށް ފަހު މިސްރުގެ މީހަކާ ކައިވެނިކޮށްގެން މިހާރު އަންހެން ދަރިޔަކު ވެސް އޮތް 34 އަހަރުގެ އެކްޓަރު ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ޝަކްތީ: އަސްތިތުވާ ކޭ އެހެސާސް ކީ" އާއި "މަދޫބާލާ: އޭކް އިޝްގް، އޭކް ޖުނޫން" އަދި "ޕިޔާރު ކީ ޔޭ އޭކް ކަހާނީ" ހިމެނެ އެވެ.