Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

އަޑުގަދަކުރާތީ ޖާބިރުގެ ނަން އިއްވާ މަޖިލީހުން ނެރެފި

މެންބަރު އަބްދުﷲ ޖާބިރު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ނަން އިއްވާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ނެރެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުނުއިރު ޖާބިރު ހުރީ މަޖިލީހުގެ ރިޔާސަތުގެ ކުރިމަތީ ކޮޅަށެވެ. އަދި މަޖިލީހުގެ ޖަލްސާ ފެށުމުން ޖާބިރު ވަނީ މަޖިލީހުގައި އަޑުގަދަކޮށް ހަދާފައެވެ.

އެހެންކަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ވަނީ ޖާބިރުގެ ނަން އިއްވާ މަޖިލިސް ތަޅުން ދޫކޮށް ދިއުމަށް އަންގާފައެވެ. އަދި ޖާބިރު ވަނީ މަޖިލީހުން ނިކުމެފައެވެ.

މިއަދުގެ ޖަލްސާ ފެށުނުއިރު ޖާބިރު އަޑުގަދަކޮށް ހަޅޭލަވަމުންދިޔަ ސަބަބެއް ސާފެއް ނުވެއެވެ.