Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

ހޯނޑެއްދޫ މީހުންނަށް ފާނަ އާލާކުރަން ދަސްކޮށް ދެނީ

ފާނަ އާލާކުރުމަށް ދަސްކޮށްދޭ ޓްރެއިން ޕްރޮގްރާމަކަށް ގދ. ހޯނޑެއްދޫ ކައުންސިލުން އާންމުކޮށް ހުޅުވާލައިފި އެވެ.

އެ ކައުންސިލުން ބުނީ މި ޓްރެއިނިން ޕްރޮގްރާމަކީ އެތަނާއި މެރިން ރިސާޗް އިންސްޓިޓިއުޓް ގުޅިގެން އަންނަ މަހުގެ 18-24 އަށް ހިންގަން ހަމަޖެހުފައިވާ ޕްރޮގްރާމެއް ކަމަށެވެ. މީގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އަންނަ މަހުގެ 2 އާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

ހޯނޑެއްދޫ ކައުންސިލުން ބުނީ ފާނަ އާލާކުރަން ދަސްކޮށްދޭ ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ އެ ރަށު މީހުންނަށް ކަމަށާއި ފުރުސަތު ދިނުމުގައި މަސްވެރިކަންކުރާ މީހުންނާއި ޒުވާނުންނަށް އިސްކަން ދޭނެ ކަމަށެވެ. ތަމްރީނު ޕްރޮގްރާމްގެ ޖާގަ އަކީ 15 އެވެ.

ކައުންސިލުން ބުނި ގޮތުގައި ޓްރެއިނިން ޕްރޮގްރާމް ފަށާ ދުވަހު ބައިވެރިން މަނިޔަ ފުއްޓަށް ދަތުރުކުރުމާއި ޓްރެއިނިން ނިމުމުން ބައިވެރިން މާލެ އަށް ގެންދިއުމުގެ އިންތިޒާމު މެރިން ރިސާޗް އިންސްޓިޓިއުޓްގެ ފަރާތުން ހަމަޖައްސައިދޭނެ ކަމަށެވެ. އަދި ބައިވެރިންގެ މާލެ ދެކޮޅު ޓިކެޓް ކައުންސިލުން ހަމަޖައްސައި ދޭނެ އެވެ.

އެކަމަކު ޓްރެއިނިން ޕްރޮގްރާމްގެ ބައިވެރިން ކެއުމުގެ ހަރަދުގެ ގޮތުގައި 1،400 ރުފިޔާ ދައްކަން ޖެހެ އެވެ.

މީގައި ބައިވެރިވާން އެދޭ ފޯމް ހޯނޑެއްދޫ ކައުންސިލް އިދާރާ އިން މިހާރު ލިބެން ހުންނާނެ އެވެ.