ފުވައްމުލަކުގައި 11 އަހަރުގެ އަންހެން ކުއްޖަކު ބެހުނު މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތަށް ފަސް ދުވަސް ޖަހައިފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ ރިޕޯޓްކުރި މައްސަލައާ ގުޅިގެން ހައްޔަރުކުރީ އުމުރުން 63 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުންގެ ބުނީ އެ މީހުންގެ ބަންދަށް ކޯޓުން ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.