Last Updated: July 26, 13:56
Sunday, July 26, 2026
މުނިފޫހިފިލުވުން

ޕީނަޓް ބަޓަރުގެ އެމްބެސެޑަރަކަށް ރިތިކް

އިންޑިއާގައި މިހާރު ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދަމުން އަންނަ "މައިފިޓްނެސް" ބްރޭންޑްގެ ޕީނަޓް ބަޓަރުގެ ބްރޭންޑް އެމްބެސެރަކަށް ބޮލީވުޑްގެ މަޝްހޫރު ތަރި، ރިތިކް ރޯޝަން ހަމަޖައްސައިފި އެވެ.

މިހާރު ވެސް މަޝްހޫރު ބައެއް ބްރޭންޑްތައް އެންޑޯޒްކޮށްދޭ އެކްޓަރު ޕީނަޓް ބަޓަރުގެ އެމްބެސެރަކަށް ހަމަޖެއްސުމާ ގުޅިގެން އެ އުފެއްދުން ޕްރޮމޯޓްކުރަން އިންޑިއާގައި ހިންގާ ތަފާތު ޕްރޮމޯޝަނަލް ކެމްޕޭންތަކުގައި ރިތިކް ބައިވެރިވާނެ އެވެ. އަދި އޭނަ ހިމަނައިގެން "މައިފިޓްނެސް" ގެ ޕީނަޓު ބަޓަރު ޓީވީތަކުން ވެސް އިޝްތިހާރު ކުރާނެ އެވެ.

އެ އުފެއްދުމުގެ ބްރޭންޑް އެމްބެސެޑަރަކަށް ރިތިކް ހަމަޖެއްސުމާ ބެހޭ ގޮތުން "މައިފިޓްނެސް" ގެ އިންޑިއާގެ ޕާޓްނަރު މެންސާ ބްރޭންޑްގެ ބާނީ އަދި ސީއީއޯ އާނަންތު ނަރަޔާނަން ވިދާޅުވީ ރިތިކަކީ ފިޓްނެސް އާއި ދުޅަހެޔޮ ސިއްހަތުގެ ދާއިރާ އިން ވަރަށް ގިނަ ބަޔަކު ނަމޫނާއަކަށް ބަލާ ތަރިއެއް ކަމަށެވެ.

"އެހެންވެ ޕީނަަޓް ބަޓަރު ކަހަލަ ސިއްހަތަށް ފައިދާ ހުރި އެއްޗެއް ޕްރޮމޯޓްކޮށް ދޭން އޭނަ އަކީ ވަރަށް އެކަށީގެންވާ މީހެއް." އޭނަ ވިދާޅުވި އެވެ.

އާނަންތު ވިދާޅުވީ ރިތިކާ އެކީ ކުރެވޭ މަސައްކަތުން "މައިފިޓްނެސް" ގެ ޕީނަޓް ބަޓަރަށް އިންޑިއާގައި ބޮޑު ހޭލުންތެރިކަމެއް އުފެއްދޭނެކަމުގެ ޔަގީންކަން ބޮޑެވެ.

ޕީނަޓް ބަޓަރަކީ އާންމުކޮށް ނާސްތާ އަށް ޕާން ނުވަތަ ބަނަހާ ޖަހައިގެން ދުނިޔޭގެ ވަރަށް ގައުމުތަކުގައި ބޭނުންކުރާ އެއްޗެކެވެ.