ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ހުރެގެން ޑިޖިޓަލް ލައިސަންސްގެ ހިދުމަތް ހޯދޭނެ އިންތިޒާމު ޓްރާންސްޕޯޓް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
އެ މިނިސްޓްރީން ބުނީ ސިމްސް އޮންލައިން ޕޯޓަލް މެދުވެރިކޮށް މިދިޔަ ފެބްރުއަރީ މަހުން ފެށިގެން މިހާތަނަށް 25،000 އެޕްލިކޭޝަނަށް ޑިޖިޓަލް ލައިސަންސްގެ ހިދުމަތް ދީފައިވާ ކަމަށެވެ.
In our efforts to serve the public better, our digital services are constantly updated and improved. We have processed over 25,000 applications through our SIMS portal since the 6th of February 2023. https://t.co/uQEcou8eC3
— Aishath Nahula (@aishath_nahula) April 25, 2023
ސިމްސްގެ މެދުވެރިކޮށް އަތޮޅުތަކުގައި "އޭ" ޒޯން ލައިސަންސް ދިނުމަށް ކަނޑައަޅާފައިވާ ހުރިހާ ކައުންސިލްތަކުން ވެސް އެ ހިދުމަތް ދޭން ފަށާފައިވާ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ. ސިމްސް ޕޯޓަލަކީ އީ ފާސް އެކައުންޓް ބޭނުންކޮށްގެން ފަސޭހަކަމާއެކު ޚިދުމަތް ހޯދޭ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެކެވެ.
ޑިޖިޓަލް ލައިސަންސާ އެކު ވެހިކަލްތައް ދުއްވާ މީހުންނަށް ބޮޑު ލުޔެއް ލިބިގެން ގޮސްފައިވެ އެވެ.