Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

ހަތް އަތޮޅަކަށް ޔެލޯ އެލާޓް ނެރެފި

ގުގުރުމާ އެކީ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ހަތް އަތޮޅަކަށް މިއަދު ޔެލޯ އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ އިދާރާ އިން އެ އެލާޓް ނެރެފައި ވަނީ ވ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށެވެ. އެއީ ހެނދުނު 10:15 އިން ފެށިގެން މެންދުރު ފަހު 2:00 އާ ހަމައަށެވެ.

ހަތް އަތޮޅަކަށް ޔެލޯ އެލާޓް ނެރުނު އިރު، ލ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް އޮތީ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ. އެއީ ފަތިހު 5:30 އިން ފެށިގެން ހެނދުނު 10:30 އާ ހަމައަށެވެ.

ވިއްސާރަވާން ފަށާފައި މި ވަނީ ހޫނު ގަދަ ދުވަސްތަކަކަށް ފަހު އެވެ. އަދި ވާރޭ ނުވެހި ދުވަސްތަކެއްވުމާ ގުޅިގެން ބައެއް ރަށްރަށުން ވާރޭ ފެން ހުސްވެ، ބޯފެނުގެ ދަތިކަން ވެސް ކުރިމަތިވެފައިވެ އެވެ.