ސިންގަޕޫރަށް ކެނަބިސް ސަޕްލައިކުރި މީހެއްގެ މައްޗަށް މިއަދު މަރުގެ ހުކުމް ތަންފީޒުކޮށްފި އެވެ.
މީޑިއާތަކުން ކެނެބިސް ސަޕްލައިކޮށް، އެ ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ މިއަދު ދަންޖައްސައި މަރާލީ ތަންގަރާޖޫ ސުޕިއާ ކިޔާ 46 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނަގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރި އިރު، އާއިލާ އިން ބުނީ ތަންގަރާޖޫ އަށް ހުކުމްކުރީ އެކަށީގެންވާ ހެކި ވެސް ނެތި ކަމަށެވެ. އަދި މަރުގެ ހުކުން ތަންފީޒު ނުކުރަން އާއިލާ އިން އެދިފައި ވެސް ވެ އެވެ.
ސިންގަޕޫރަކީ ގާނޫނު ތަންފީޒުކުރުމުގައި އަބަދު ވެސް ނަމޫނާ ދައްކާ އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި ވަރަށް ހަރުކަށި ގާނޫނުތަކެއް ގެންގުޅޭ ގައުމެކެވެ.

މިދިޔަ އަހަރު ވެސް ޑްރަގް މައްސަލަތަކެއްގައި 11 މީހަކަށް ސިންގަޕޫރްގައި މަރުގެ ހުކުމް ތަންފީޒުކޮށްފައިވެ އެވެ.
މިއަދު މަރުގެ ހުކުމް ތަންފީޒުކުރި ތަންގަރާޖޫ އަކީ 2013 ގައި މެލޭޝިއާ އިން ސިންގަޕޫރަށް އެއް ކިލޯގެ ކެނަބިސް އެތެރެކުރި މީހެކެވެ.