އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ބިދޭސީ މުވައްޒަފުން ރެކްރޫޓްކޮށް ދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
އެ ހޮސްޕިޓަލުން ބުނީ އެތަނަށް ބޭނުންވާ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމާއި ވޯކް ޕާމިޓް މެނޭޖްމަންޓްގެ ހިދުމަތް ފޯރުކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 21 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި ބީލަމުގައި ބައިވެރިވާން މިއަދުން ފެށިގެން އަންނަ މަހުގެ 4 އާ ހަމައަށް ރަޖިސްޓްރީވާން ވަނީ ފުރުސަތު ދީފަ އެވެ.
އޭއީއެޗުން ބުނީ ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބީލަން ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ކަމަށެވެ. ބީލަން ހުށަހަޅަން ޖެހެނީ އަންނަ މަހުގެ 21 ގެ ހެނދުނު 11:00 ގެ ކުރިންނެވެ.
އޭއީއެޗަކީ އަތޮޅުތެރޭގެ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލެވެ.