Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

ބްރޯޑްކޮމް އަށް ސަފާ އައްޔަންކުރަން ފާސްކޮށްފި

ބްރޮޑްކާސްޓިން ކޮމިޝަންގެ ހުސްވެފައިވާ މަގާމަށް ޞަފާ ޝަފީޤު (ސޮފާ) އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޝަފާ މަގާމަށް އައްޔަނު ކުރަން ފާސްކޮށްފައިވަނީ މަޖިލީހުގެ ވޯޓުގައި ބައިވެރިވި 40 މެމްބަރުންގެ ވޯޓުންނެވެ.

ބްރޮޑްކޮމްއަށް އައްޔަނު ކުރުމަށް ރައީސް ރައީސް މަޖިލީހަށް ފޮނުވި ނަންތަކަކީ:
1) ޝިހާމް މުހައްމަދު ވަހީދު، ދަފްތަރު ނަމްބަރު ރސ 5143
2) ޝާން ސޯލިހު މުހައްމަދު، ފިނިވާދީގެ ދ. ކުޑަހުވަދޫ
3) ހުސެއިން އަމްރު، ވ. ރޯޝަން
4) ޝަފާ ޝަފީގް، ބިއްލޫރިވިލާ ދ. މީދޫ އެވެ.

ބްރޮޑްކޮމްގެ މެންބަރުކަމަށް ބޭފުޅަކު އައްޔަނު ކުރަން ފާސްކޮށްފައިވަނީ ބްރޯޑްކޮމްގެ މެންބަރު އަމްޖަދު ވަހީދުގެ މެންބަރު ކަމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ.