Last Updated: July 26, 13:56
Sunday, July 26, 2026
މުނިފޫހިފިލުވުން

ސޮނާކްޝީގެ "ދަހާޅް" ގެ ޓީޒާއެއް

ސޮނާކްޝީ ސިންހާ ފުލުހެއްގެ ރޯލު ކުޅެފައިވާ ސީރީޒް "ދަހާޅް" ގެ ޓީޒާއެއް ދައްކާލައިފި އެވެ.

މި ސީރީޒް ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 12 ގައި އެމެޒޯން ޕްރައިމް ވީޑިއޯއިންނެވެ. "ދަހާޅް" އަކީ ސޮނާކްޝީގެ ފުރަތަމަ ސީރީޒެވެ. މީގެ ކާސްޓްގައި ވިޖޭ ވަރުމާ އާއި ސޯހަމް ޝާހްގެ އިތުރުން ގުލްޝަން ދެވިއާ ވެސް ހިމެނެ އެވެ.

މިއަދު މީގެ ޓީޒާ ދައްކައިލުމަށް ފަހު، ޓްރެއިލާ ބެލުންތެރިންނަށް ދޫކޮށްލާނީ އަންނަ މަހުގެ 3 ގަ އެވެ.

"ދަހާޅް" ޑައިރެކްޓްކުރީ ރީމާ އާއި ރުޗިކާ އޮބެރޯއީ އެވެ. ރީމާ އަކީ ފިލްމުތައް ކަމަށްވާ "ގޯލްޑް" އާއި "ތަލާޝް" އަދި "ހަނީމޫން ޕްރައިވެޓް ލިމިޓެޑް" ގެނެސްދިން ޑައިރެކްޓަރެވެ.

ސޮނާކްޝީގެ ފުރަތަމަ ވެބް ސީރީޒް "ދަހާޅް" އަންނަ މަހު ބެލުންތެރިންނަށް ދޫކޮށްލާ އިރު، އޭނަ އަކީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ނެޓްފްލިކްސް އަށް ހަދާ ސީރީޒް "ހީރާމަންޑީ" ގެ ކާސްޓްގައި ވެސް ހިމެނޭ ބަތަލާއެކެވެ. ސޮނާކްޝީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ޑަބަލް އެކްސްއެލް" އެވެ.