ޕާކިސްތާނުން އަލަށް މަންކީޕޮކްސްގެ ކޭހެއް ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފި އެވެ.
އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނީ މަންކީޕޮކްސް އަށް ޕޮޒިޓިވް 25 އަހަރުގެ ފިރިހެން މީހާ އަކީ މި މަހުގެ 21 ގައި ސައުދީ އަރަބިއްޔާ އިން ޕާކިސްތާނަށް އެނބުރި އައި އެ ގައުމެއްގެ މީހެއް ކަމަށެވެ. އަދި އޭނަ މަންކީޕޮކްސް އަށް ޕޮޒިޓިވްކަން އެނގުމާ އެކީ އިސްލާމްއާބާދުގެ ހޮސްޕިޓަލެއްގައި ކަރަންޓީނުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީގެ އޮފިޝަލެއް ކަމަށްވާ ސާޖިދު ޝާހު ވިދާޅުވީ ސައުދީން ދިޔަ މީހާ މަންކީޕޮކްސް އަށް ޕޮޒިޓިވްވި ނަމަވެސް އެ ބަލީގެ އިތުރު އެއްވެސް ކޭހެއް ޕާކިސްތާނުގައި ނެތް ކަމަށެވެ. ނަމަވެސް ބަލީގެ މީހަކު ފެނިފައިވާތީ ހުރިހާ ހިސާބެއްގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އަންގާފައިވާނެ ކަމަށް ވިދާޅުވި އެވެ.
ޕާކިސްތާނުން މަންކީޕޮކްސްގެ ކޭހެއް ފެނުނު އިރު، މި ބަލި ދުނިޔޭގައި ކަންބޮޑުވާ މިންވަރަށް ފެތުރެން ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން މިހތނށް 87،000 އށް ވުރެ ގިނ ކޭސް ރިޕޯޓްކޮށްފައިވ ކމށް ދުނިޔޭގެ ސިއްހތު ޖމިއްޔ ޑބްލިއުއެޗްއޯ އިން ބުންޏެވެ. އދި ބލީގއި މިހތނށް 120 އށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.
ދިރސތކުން ދއްކ ގޮތުގައި މަންކީޕޮކްސް އެންމެ އންމީ އެއްޖިންސުން ގުޅުން ހިންގ ފިރިހެނުންގެ މެދުގަ އެވެ.